ޤާނޫނާއި ގަވާއިދު

×

ޓެކްސް ރޫލިންގ TR-2017/B56 ގެ ބައެއް މާއްދާތަކަށް ޢަމަލުކުރަން ފަށާ ތާރީޚު

TR-2017/B59

ނެރުނު ތާރީޚް: 17 އެޕްރީލް 2017
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 17 އެޕްރީލް 2017
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ރޫލިންގއަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ޓެކްސް ރޫލިންގ ނަންބަރު TR-2017/B56 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދަށް 11 ވަނަ އިސްލާހު ގެނައުން) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގެ މަޤްޞަދަކީ ޓެކްސް ރޫލިންގ  TR-2017/B56 ގެ ބައެއް މާއްދާތަކަށް ޢަމަލުކުރަން ފަށާ ތާރީޚު ކަނޑައެޅުމެވެ.

 

ރޫލިންގ

2. މި ރޫލިންގއަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން އެއްވެސް ފަރާތަކުން ހުށަހަޅައިފައިވާ އެ ފަރާތުގެ ޓެކްސް އަހަރު 2016 ގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރުކުރުމުގައި ޓެކްސް ރޫލިންގ  TR-2017/B56 ގެ 9، 10 އަދި 14 ވަނަ ޕެރެގްރާފަށް ޢަމަލުކޮށްފައިނުވާ ހާލަތުގައި މެނުވީ، ޓެކްސް ރޫލިންގ  TR-2017/B56 ގެ 9، 10 އަދި 14 ވަނަ ޕެރެގްރާފަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ.

3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން އެއްވެސް ފަރާތަކުން ހުށަހަޅައިފައިވާ އެ ފަރާތުގެ ޓެކްސް އަހަރު 2016 ގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރުކުރުމުގައި ޓެކްސް ރޫލިންގ  TR-2017/B56 ގެ 11 އަދި 12 ވަނަ ޕެރެގްރާފަށް ޢަމަލުކޮށްފައިވާ ހާލަތުގައި މެނުވީ، ޓެކްސް ރޫލިންގ  TR-2017/B56ގެ 11 އަދި 12 ވަނަ ޕެރެގްރާފަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2017 އިން ފެށިގެންނެވެ.

 

ޢަމަލުކުރަން ފެށުން

4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ